އެފްއޭކަޕް: 3 އަހަރަށްފަހު ވެލެންސިއާ ސެމީއަށް

3 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވެލެންސިއާ އެފްއޭކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ ކުޅުނު އެފްއޭ ކަޕްގެ ކުއާޓަރފައިނަލް މެޗުގައި އޭވައިއެލްއާއި ވާދަކޮށް ވެލެންސިއާ މޮޅުވެފައިވަނީ 2-0 ގެ ނަތީ...

17 Oct 2014 | 10:17

3 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވެލެންސިއާ އެފްއޭކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު އެފްއޭ ކަޕްގެ ކުއާޓަރފައިނަލް މެޗުގައި އޭވައިއެލްއާއި ވާދަކޮށް ވެލެންސިއާ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 4 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ވެލެންސިއާއިންވަނީ ލީޑުނަގާފައެވެ. ޕެނެލްޓީ ކާމިޔާބުކޮށްދިނީ އަލީ ހަމްދާނެވެ. މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާގައި ނިމުނުއިރު މެޗުގެ ނަތީޖާ 2-0އަށް ބަދަލުކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްދިނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ވެލެންސިއާގެ ގޯލް ކާމިޔާބުކޮށްދިނީ މަމްދޫހުގެ ހުރަހަކުން މުޖުތާޒެވެ.

ވެލެންސިއާ ސެމީގައި ބައްދަލުކުރާނީ މިރޭ މާޒިޔާ އަދި ޓީސީ ސްޕޯރޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް