މަޝްއަރު ގްރޫޕްގެ ވެރިޔާ ތިން އަހަރާ ދެ މަހަށް ޖަލަށް

މަޝްއަރު ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި ހުކުމް މިއަދު ކޮށްފައިވަނީ އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއްގެ ޓިކެޓްތަކަށް ފައިސާ ...

17 Sep 2025 | 14:54
މަޝްއަރު ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް -

މަޝްއަރު ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް -

މަޝްއަރު ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް ތިން

އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހުކުމް މިއަދު ކޮށްފައިވަނީ އެ ގްރޫޕްގެ

ހަވާލުގައި އުމްރާއަށް ދިޔަ ބައެއްގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން

ދިން ޗެކު ބައުންސްވެ ފައިސާ ނުދެއްކި ޓިކެޓުތައް ކެންސަލުވި މައްސަލައިގައެވެ.

އެ މައްސަލައިގާ މަކަރާއި ހީލަތުގެ ދައުވާ ސާބިތުވެ

ހުކުމުގައި ބުނެފައިވަނީ ދައުވާއަށް އިންކާރު ކުރި ނަމަވެސް ހެކިތަކަށް

ރިއާޔަތްކޮށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ. ފާރިޝްގެ

މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ޖަލު ހުކުމުގެ އިތުރުން އޭސް އޭވިއޭޝަން ޕްރައިވެޓް

ލިމިޓެޑާއި އޭސް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ

ބަދަލުގެ ގޮތުގައި ޑޮލަރުން ނަމަ 26،350.32 ޑޮލަރު ނުވަތަ ދިވެހި ދިވެހި

ރުފިޔާއިން ނަމަ 406،321.93 ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެންމަތިވި

މައްސަލައަކީ ޓިކެޓު ގަތުމަށް ދިން ޗެކު ބައުންސްވެ ރޯދަމަހުގައި 48 އުމްރާވެރިން

ސައުދީގައި ތާށިވި މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް