އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ޓަގު ބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން، ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. މި މައްސަލައިގާ ދައުލަތުން އަދީބުގެ މައްޗަ...

17 Sep 2019 | 04:50

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ޓަގު ބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން، ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގާ ދައުލަތުން އަދީބުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:30 އަށެވެ.

"ވާގޯ 9" ނަމަކަށްކިޔާ ޓަގު ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއަކަށް ވެގެން އިންޑިއާގެ ތޫތުކުޑި ބަނދަރަށް އެތެރެވާން އުޅެނިކޮށް އަދީބު އަތުލައިގަތީ މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގައެވެ.

އޭނާ އެ ބޯޓުގައި ހުރިކަން ފަޅާ އަރުވާލީ ބޯޓުގެ ކްރޫއެއް ކަމަށްވެއެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދީބު އަނބުރާ ފޮނުވާލުމުން ދިވެހި ފުލުހުން ވަނީ ކަނޑުމަތިން އަދީބު ހައްޔަރުކޮށް ރާއްޖެ ގެނެސްފައެވެ.

އަދީބު ރާއްޖެ ގެނެސް ބަންދު ކުރިއެވެ. ނަމަވެސް ޓްރެކިން ޓެގެއް އެޅުވުމަށްފަހު މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް