ރ. މީދޫ އުމުރުން 25 އަހަރުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގަ އިތުރު ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މ. ދިމިޝްޤު ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އެގެއިން ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.
އެ މީހުން ހައްޔަރު ކުރީ މިއަދު ހަވީރު 16:35ހާއިރު އެވެ.
މިމަހުގެ ހަ ވަނަ ދުވަހުގެ ރޭވެސް އަނަސްގެ މަރުގެ މައްސަލައިގަ ބަޔަކު ހައްޔަރު ކުރި އެވެ. މ. އަސަރީ ހިޔާ ބަލާ ފާސްކުރުމަށް ފަހު ހައްޔަރު ކޮށްފައިވާ މީހުންގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
އެރޭ އެގެއިން 12 މީހަކު ހައްޔަރު ކޮށްފައިވާއިރު ފުލުހުން ބުނީ އޭގެ ތެރޭގައި އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވިކަން ޔަގީން ކުރެވޭ މީހުން ހިމެނޭ ކަމަށެވެ.
އަނަސް މަރަލާފައިވަނީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް