އައިޖީއެމްއެޗަށް ނަރުހުން ހޯދަން އިއުލާނު ކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ނަރުހުން ހޯދުމަށް އިއުލާނު ކޮށްފި އެވެ. އިއުލާނު ކޮށްފައިވަނީ 18، ރަޖިސްޓަރޑް ނަރުހުން ހޯދުމަށެވެ. އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައިވ...

17 Aug 2017 | 06:01

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ނަރުހުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އިއުލާނު ކޮށްފައިވަނީ 18، ރަޖިސްޓަރޑް ނަރުހުން ހޯދުމަށެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައިވާގޮތުން ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން  ލިބެން ހުންނާނެއެވެ. އަދި މި ހޮސްޕިޓަލުގެ www.igmh.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނޭ ކަމަށާއި އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3316640 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނޭ ކަމުގައި އައިޖީއެމްއެޗްގެ އިއުލާނުގައި ބަޔާން ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް