ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ދިޔަ، އުމުރުން އެންމެ ދުވަސްވީ މީހާ، އުމުރު 104 އަހަރު

މި އަހަރުގެ ހައްޖުގެ މަތިވެ އަޅުކަން އަދާކުރުމަށް މުސްލިމް އުންމަތުން ދެ ލައްކައަށްވުރެ ގިނަ ހައްޖާޖީން މައްކާގެ މަތިވެރި ބިމަށް ގޮސްފައިވާއިރު މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ، އުމުރުން ...

17 Aug 2017 | 05:39

މި އަހަރުގެ ހައްޖުގެ މަތިވެ އަޅުކަން އަދާކުރުމަށް މުސްލިމް އުންމަތުން ދެ ލައްކައަށްވުރެ ގިނަ ހައްޖާޖީން މައްކާގެ މަތިވެރި ބިމަށް ގޮސްފައިވާއިރު މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ، އުމުރުން އެންމެ ދުވަސްވީ މީހަކީ ބާއިޤް މާރިއާ އެވެ.

މާރިއާގެ އުމުރަކީ 104 އަހަރެވެ. މާރިއާއަކީ އިންޑޮނޭޝިޔާގެ ރައްޔިތެކެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މާރިޔާ މައްކާއަށް ގޮސްފައިވާއިރު އިންޑޮނޭސިޔާގެ ހައްޖު ކޮންސިއުލޭޓުން ބުނެފައިވަނީ މާރިޔާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި އެއްވެސް ދަތިކަމެއް ނެތި މާރިޔާއަށް ހައްޖުގެ އަޅުކަން އަދާކުރެވޭވަރަށް މާރިޔާގެ ސިއްހަތު ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް