ސަލްވާ ބޯޑަރު ޕޯސްޓް މެދުވެރިކޮށް މައްކާ އަށް އެތެރެވުމަށް ގަތަރުގެ ހައްޖުވެރިންނަށް އެ ބޯޑަރު ހުޅުވާލުމަށް ސައުދީ ރަސްގެފާނު ސަލްމާން އަންގަވައިފި އެވެ.
ބޯޑަރު ހުޅުވާލުމަށް ސައުދީ ރަސްގެފާނު އަންގާފައިމިވަނީ ގަތަރުގެ ފަރާތުން އެކަމަށް އެދުމުންނެވެ.
ސައުދީ ރަސްގެފާނުގެ މި ނިންމެވުމަށް ގަތަރުން ޝުކުރު އަދާކޮށްފައިވާއިރު ގަތަރު ހައްޖުވެރިން މައްކާއަށް ވަނުމުގައި އީ-ޕާސްޕޯޓް ބޭނުން ނުވާނެ ކަމުގައިވެސް ސައުދީ ރަސްގެފާނު ވަނީ އަންގަވާފަ އެވެ.
ސައުދީ ރަސްގެފާނު މި ނިންމެވުން ނިންމާފައިމިވަނީ ސައުދީ އާއި ގަތަރުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް