ނަމަކީ މެގަން އެޑަމް އެވެ. އުމުރަކީ އެންމެ ހަ އަހަރެވެ. މި ކުއްޖާއަށް ދިމާވެފައިވާ ސިއްހީ ހާލަތަކީ އާދަޔާ ހިލާފު ހިތްދަތި ހާލަތެކެވެ. އެއީ ކިތަންމެ ވަރަކަށް ކެޔަސް ބަނޑު ނުފުރޭ ކަމެވެ.
އާދަޔާ ހިލާފު، ސިއްހީ މި ހާލަތަށް ދީފައިވާ ނަމަކީ ޕަރާޑަރ-ވިލީ ސިންޑްރޯމް އެވެ. ސިއްހީ މި ހާލަތު މެގަން އަށް ދިމާވެފައިވާއިރު ގިނަ ގިނައިން މެގަން އަށް ކާންދޭން ޖެ އެވެ.
މި ކުއްޖާގެ މަންމަ ބުނެފައިވަނީ މި ކުއްޖާގެ ކުރިމަތީގައި ކެއުން ކުރިއަށް ނުގެންދިއުމަށާއި ކެއުމާއި ގުޅުން ހުރި ބަހެއްވެސް ދުލުކުރިއަށް ނުގެނައުމަށް އާއިލާގެ މެމްބަރުންނަށް އަންގާފައިވާނެ ކަމަށެވެ. އެފަދަ ބަހެއް އަޑުއިވުނަށް މި ކުއްޖާ ކާން ޖެހޭނެ ކަމަށެވެ.
މެގަން ގެ އާއިލާއިން ބުނެފައިވަނީ ބަނޑު ނުފުރުނު ނަމަވެސް ކެއުމަށް ވަކި ހާއްސަ ޝެޑިއުލެއް ހަދާފައިވާނެ ކަމަށެވެ.
ސިއްހީ މި ހާލަތަކީ މަދުން ނޫނީ ނުފެންނަ ހާލަތަކެވެ. ދުނިޔޭގައިވެސް މި ހާލަތު ދިމާވެފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ 15000 މީހުންނަށެވެ. މިއީ ފަރުވާއެއް ހޯދިފައިވާ ހާލަތެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް