ޅ.ކުރެންދޫ ހަތަރު ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޅ.ކުރެންދޫ ޕޮލިސް ސްޓޭޝަނުން 2017 އޯގަސްޓް 15 ވަނަ ދުވަހުގެ މެންދުރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލައިފާސްކޮށް ކަމަށެވެ.
"އެގޮތުން އެ ހަތަރު ގެ ބަލައިފާސްކުރިއިރު އޭގެ ތެރެއިން ދެގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ 20 ފޮތެއްގެ އިތުރުން ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ 20 ކަރުދާސްގަނޑު ފެނިފައިވެއެވެ." ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވާ ކަމަށާއި މި މައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް