ބިހާއި ގޮވާމުގެ ބައެއް ބާވަތްތައް ރާއްޖެ އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ދީފި

އެއްވެސް ހުރަހެއްނެތި ބިހާއި ގޮވާމުގެ ބައެއް ބާވަތްތައް ރާއްޖެ އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ދީފި އެވެ. މީޑީއާ ރިޕޯޓްތަކުގައިވާގޮތުން އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން މި...

17 Aug 2017 | 04:41

އެއްވެސް ހުރަހެއްނެތި ބިހާއި ގޮވާމުގެ ބައެއް ބާވަތްތައް ރާއްޖެ އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ދީފި އެވެ.

މީޑީއާ ރިޕޯޓްތަކުގައިވާގޮތުން އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން މި މަހުގެ 14 ވަނަ ދުވަހު ވަނީ މިކަމާއި ގުޅޭގޮތުން ނޮޓިފިކޭޝަނެއް އާއްމު ކޮށްފަ އެވެ. އެ ނޮޓިފިކޭޝަންގައި ވާގޮތުން މި ހިނގާ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި އެއްވެސް ހުރަހެއް، ދަތިކަމެއްނެތި 230 މިލިޔަން ބިހާއި ގޮވާމުގެ 122.23 މެގަޓަން ރާއްޖެ އެކްސްޕޯޓް ކުރެވޭނެ އެވެ.

އެ ނޮޓިފިކޭޝަންގައިވާގޮތުން އޭޕްރީލް އެ ނޮޓިފިކޭޝަން ފެށިފައިވާ މުއްދަތަކީ މި އަހަރުގެ އޭޕްރީލް މަހެވެ. އަދީ އެއީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދެވޭ ކަމެކެވެ.

ބިހާއި ގޮވާމުގެ ބާވަތްތައް ރާއްޖެ އެކްޕޯޓްކުރަން އިންޑިއާއިން ހުއްދަ ދީފައިވާއިރު 11714.75 މެގަޓަނުގެ އަލުވި، 19466.36 މެގަޓަނު ފިޔާ، 67640.24 މެގަޓަން ހަނޑޫ، 59442.17 މެގަޓަނު ފުށް އަދި 11706.30 މެގަޓަނު ހަކުރު ރާއްޖެ އެކްސްޕޯޓް ކުރުމުގެ ހުއްދަ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ސަރުކާރުން ދީފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް