އަމީތާބު ބޭނުންވަނީ އުފަންދުވަހު ބަންދު ކޮޓަރިއެއްގަ އެކަނި އިންނަން

އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހަކީ ބޮލީވުޑްގެ މެގާ ސްޓާ އަމީތާބް ބައްޗަން ގެ 75 ވަނަ އުފަންދުވަހެވެ. ކޮންމެ އަހަރަކުވެސް އަމީތާބު އޭނާގެ އުފަންދުވަސް އާއިލާ އާއި ގާތް މީހުންނާއި އެކު ފާހަގަ ކުރާއިރު ސ...

17 Aug 2017 | 04:17

އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހަކީ ބޮލީވުޑްގެ މެގާ ސްޓާ އަމީތާބް ބައްޗަން ގެ 75 ވަނަ އުފަންދުވަހެވެ.

ކޮންމެ އަހަރަކުވެސް އަމީތާބު އޭނާގެ އުފަންދުވަސް އާއިލާ އާއި ގާތް މީހުންނާއި އެކު ފާހަގަ ކުރާއިރު ސަޕޯޓަރުންނާއި ބައްދަލު ކުރަންވެސް ބައެއް އަހަރުތަކުގައި ގޭ ދޮރުމަތީ ބޮޑެތި ހަފްލާތައް ބާއްވަ އެވެ. އަދި އަމީތާބަށް ނޭނގި އާއި އެނގިގެން އޭނާގެ އެތައް މިލިއަން ސަޕޯޓަރުން އުފަންދުވަސް ފާހަގަ ކޮށްދެ އެވެ.

އަމީތާބު އަމިއްލަ ބްލޮގް ގައި ބުނެފައިވަނީ މިއަހަރު އުފަންދުވަސް ފާހަގަ ކުރަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން އަމީތާބަށް ނޭނގިވެސް ބަޔަކު އުފަންދުވަސް ފާހަގަ ކުރުމަކީ ބޭނުންވާ ގޮތެއް ނޫންކަމަށެވެ. އަދި އޭނާ އުފާ ކޮށްދިނުމަށް ސަޕްރައިޒް ޕާޓީއެއް ބާއްވައި ދައުވަތު ދިނަސް ބައިވެރި ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އަމީތާބު ބުނެފައިވަނީ ބޭނުންވަނީ ބަންދު ތަނެއްގަ އެކަނި ވަގުތު ހޭދަ ކުރަން ކަމަށެވެ. އެއީ ކީއްވެ ކަމެއް ބުނެފައެއް ނުވެ އެވެ.

އުމުރުން 75 އަހަރު ފުރޭ އިރު އަދި އަމީތާބު ފެންނަނީ އަދިވެސް ވަރަށް ހަރަކާތްތެރި މީހެއްގެ ގޮތުގައި އެވެ. އެގޮތުން މިހާރުވެސް މަދުން ނަމަވެސް ފިލްމު ކުޅެމުން ދާއިރު މިހާރު ކުޅެމުންދަނީ " ތަކްސް އޮފް ހިންދޮސްތާން" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް