އެމްއެންޑީއެފުން އޭޑީކޭ ހޮސްޕިޓަލާއިއެކު އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.
އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއި ކުރެއްވީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލެވެ.
އެމްއެންޑީއެފުން ހާމަކުރައްވާގޮތުގައި މި އެއްބަސްވުމުގެ ދަށުން އޭޑީކޭ ގްރޫޕްއިން އެފްއާރުއެސްއަށް އޮޕަރޭޝަނަލް ހާލަތުގައި ބޭނުންކުރުމަށް ބޭނުންވާ ފަޔަރ އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި އޭޑީކޭގެ ފަރާތުން ހިންގާ ކޯސްތަކުގައި ސިފައިން ބައިވެރިވުމުގެ ފުރުޞަތުވަނީ ހަމަޖެހިފައެވެ. އަދި އެފްއާރުއެސްއިން ވަނީ އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހިންގާ ފަޔަރ އެވެއަރނެސް ޕްރޮގްރާމްތަކާއި ފަޔަރ ސްކޮޑް ތަމްރީނު ކޮށްދިނުމުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައި ހުރި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް އިންސްޕެކްޓް ކޮށްދިނުމަށް އެއްބަސް ވެފައެވެ. މި އެއްބަސްވުމަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއި ކުރެވުނު އެއްބަސް ވުމެކެވެ.
އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިސް އޮފިސަރުންނާއި އޭޑީކޭ ހޮސްޕިޓަލުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެލައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް