ބިދޭސީންތަކެއްގެ އަތުން ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ފިހާރައަކާއި ގެއަކުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން...

17 Aug 2017 | 02:27

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ފިހާރައަކާއި ގެއަކުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި އެ އޮޕަރޭޝަންގައި އެ  މައްސަލަތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދެ ބިދޭސީން ކަމަށެވެ. އެއީ 25 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

މި އޮޕަރޭޝަންގައި ގެ ބަލާ ފާސްކުރުމުން ފެނިފައިވަނީ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައި ހުރި ފިލްމު ހުސްކުރި އެއް ދަޅެވެ. ފިހާރާގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ފިލްމު ހުސްކުރި 29 ދަޅާއި ބޮޑު ރަބަރު ޕެކެޓެއް ވެނިފައިވެ އެވެ.

ފުލުހުން ބުނީ އެ ދެތަނުން އަތުލައިގެން މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި އެއް ކިލޯ ހަތަރު ސަތޭގަ ފަސްދޮޅަސް ދެ ގްރާމް ހުރި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް