އަންނަ އަހަރުން ފެށިގެން އިންޑިއާގެ ހައްޖާޖީން ކަނޑުމަގުން ސައުދީ އަރަބިއްޔާއަށް ގެންދިއުމަށް ރަސްމީކޮށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަން ފަށައިފި އެވެ.
މީގެ ކުރިން ކަނޑުމަގުން މީހުން ހައްޖަށް ގެންދިއުމަށް ފަހު އިންޑިއާއިން އެކަން ހުއްޓާލިތާ މިހާރު 22 އަހަރު ވެއްޖެ އެވެ. އެކަމަކު އަލުން ކަނޑުމަގުން ހައްޖަށް މީހުން ގެންދިއުމަށް ނިންމީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.
އިންޑިއާޣެ މިނިސްޓާ އޮފް ސްޓޭޓް ފޯ މައިނޯރިޓީ އެފެއާޒް މުހްތާރު އައްބާސް ނަގުވީ ވިދާޅުވީ ވައިގެ މަގުން އިންޑިއާއިން މީހުން ހައްޖަށް ގެންދިއުމަށް ކުރަންޖެހޭ ހަރަދުގެ ދެގުނަ ކަނޑުމަގުން ގެންދަން ފެށުމުން ކުޑަވާނެ ކަމަށެވެ. އެގޮތުން މިހާރު ގިނަވެގެން ފްލައިޓެއްގަ 300 އެއްހާ މީހުންނަށް އެއްފަހަރާ ހައްޖަށް ދެވޭއިރު ކަނޑުމަގުން ގެންދާނަމަ 4،000 ނުވަތަ 5،000 މީހުންނަށް އެއް ބޯޓެއްގައި ދެވޭނެ ކަމަށެވެ.
އަދި ކުރިން 14 ދުވަހާއި 15 ދުވަހުގެ މުއްދަތެއް އިންޑިއާއިން ސައުދީ އަރަބިއްޔާއަށް ދާން ނެގިޔަސް މިހާރު ނަގާނީ ދެ ދުވަސް ނުވަތަ ތިން ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ދަތުރުތަކުގައި ބޭނުން ކުރާނީ ޒަމާނީ ފެންވަރުގެ ފެރީ ބޯޓުތައް ކަމަށް ވިދާާޅުވެފައި ވެއެވެ.
މި ދަތުރުުތައް އަލުން ފެށިއްޖެ ނަމަ އިންޑިއާގެ ހައްޖާޖީންގެ ފެރީ ދަތުރުތައް އޮންނާނީ އިންޑިއާޣެ މުމްބާއީން ސައުދީ އަަރަބިއްޔާގެ ޖިއްދާ އަށެވެ.
އިންޑިއާގެ މައިނޯރިޓީ އެފެއާޒް އިން މައުލޫމާތު ދޭގޮތުގައި މިއަހަރު އެ ގައުމުން 1,70,025 މީހުން ހައްޖަށް ދިޔަ އެވެ. އޭގެ ތެރެއިން 1,25,025 މީހުން ސަރުކާޜުގެ ހަވާލުގައި ހައްޖަށްދިޔަ އިރު 45،000 މީހުން ދިޔައީ އަމިއްލަ ޖަމިއްޔާތަށް މެދުވެރިކޮށެވެ.
މިއަހަރު އިންޑިއާއިން މީހުން ހައްޖަށް ގެންދިއުމަށް އާންމުކޮށް ސައުދީން ދޭ ކޯޓާގެ އަދަދަށް ވުރެ 34،005 ކޯޓާ އިތުރަށް ދީފަ ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް