ފެން ކައްކާ ޕޮޓެއްގައި ރޯވި އަލިފާން ފެތުރި ޢާއިލާއަކަށް ވަގުތީ އެހީ

ހުޅުމާލެ ފޭސް 1 ގެ 141 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވައިލައިފިއެވެ. ރޭ ފަތިހު 4:32 ހާއިރު ރިޕ...

17 Jun 2026 | 09:17
އަލިފާނުގެ މި ހާދިސާއާއި ގުޅޭ ބައެއް މަންޒަރުތައް - ފޮޓޯ: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)

އަލިފާނުގެ މި ހާދިސާއާއި ގުޅޭ ބައެއް މަންޒަރުތައް - ފޮޓޯ: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)

ހުޅުމާލެ ފޭސް 1 ގެ 141 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވައިލައިފިއެވެ.

ރޭ ފަތިހު 4:32 ހާއިރު ރިޕޯޓު ލިބުމާ އެކު ފަޔަރ ފައިޓަރުން އެ ސަރަޙައްދަށް ގޮސް މަސައްކަތް ފެށިއެވެ. އަލިފާން ނިއްވައިލެވުނީ 4:58 ހާއިރުއެވެ.

މި ހާދިސާގައި ހަ މީހަކަށް ދުމުގެ އަސަރުކޮށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މި ހާދިސާއާ ގުޅިގެން އެ ފުލެޓުގައި ދިރިއުޅުނު އެއް ޢާއިލާ,  ހަ މީހުން,  އެހެން ތަނަކަށް ބަދަލުކޮށް، އެ ޢާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް