ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ވެރީން ބައްލަވާލައްވައިފި

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވަމުން އަންނަ ތައްޔާރީތައް، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސައޫދީ އާއި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެ...

17 Jun 2026 | 04:51
ވެރީން ވިލިމާލޭގައި - ފޮޓޯ: އެމްޓީސީސީ

ވެރީން ވިލިމާލޭގައި - ފޮޓޯ: އެމްޓީސީސީ

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވަމުން އަންނަ ތައްޔާރީތައް، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސައޫދީ އާއި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އިސްމާޢީލް ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި އެމްޓީސީސީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ވިލިމާލޭގައި ދުއްވާނީ ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ފަސް ވެހިކަލް ކަމަށް ކުރިން އިޢުލާނުކޮށްފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ އެޕްރީލް ދެ ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާޙުކުރެއްވި މާލެ ޓެކްސީ ލައިނަކީ، 150 އިލެކްޓްރިކް ވެހިކަލާ އެކު 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ފެށި ސަރުކާރުގެ ޓެކްސީ ޚިދުމަތެކެވެ. މިހާރު މާލެ، ހުޅުލެ އަދި ހުޅުމާލޭގައި ޚިދުމަތް ދެމުން އަންނައިރު، ވިލިމާލެއަށް ޚިދުމަތް ފުޅާކުރުމަކީ ކުރިންސުރެ ރޭވިފައި އޮތް ކަމެކެވެ.

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދެނީ 1655 ހޮޓްލައިނުންނާއި ވެބް އެޕްލިކޭޝަނުންނެވެ. މަގުމަތިން ޓެކްސީ ހުއްޓުވައިގެން ދަތުރުކުރެވޭ ގޮތަކަށް މި ޚިދުމަތް ފަރުމާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް