ކަދުރަށް ހާއްސަ ސަހަރެއް މަދީނާގައި ގާއިމް ކުރަނީ

ކަދުރު ގަނެ ވިއްކުމާއި ކަދުރާ ގުޅޭ މައުރަޒުތަކާއި ކަދުރު ދަނޑުތައް ގާއިމް ކުރާނެ ވަކި ހާއްސަ ސަހަރެއް ބިނާކުރުމަށް ސައުދީ އަރަބިއްޔާގެ ތިމާވެއްޓާއި ފެނާއި ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ނިންމައިފިއެވެ...

17 Jun 2019 | 15:06

ކަދުރު ގަނެ ވިއްކުމާއި ކަދުރާ ގުޅޭ މައުރަޒުތަކާއި ކަދުރު ދަނޑުތައް ގާއިމް ކުރާނެ ވަކި ހާއްސަ ސަހަރެއް ބިނާކުރުމަށް ސައުދީ އަރަބިއްޔާގެ ތިމާވެއްޓާއި ފެނާއި ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި މަދީނާގައި، ކިންގް ސަލްމާން މަގަށް ވާގޮތަށް މަސްޖިދުއްނަބަވީ އާއި 17 ކިލޯމީޓަރު ދުރު ނޫން ސަރަހައްދެއްގައި ކަދުރަށް ހާއްސަ ސަހަރެއް ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ކުރުމަށް ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ސަހަރު ބިނާކުރާނީ 1089441 ކޮޑިމީޓަރުގެ ބޮޑު ސަރަހައްދެއްގައި ކަމުގައިވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ސަހަރު ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 16ގެ ކުރިން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހެއެވެ. އެ ސަހަރުގެ ސަބަބުން ކަދުރު އުފައްދާ އޭގެ ވިޔަފާރި ކުރުމުގައި ސައުދީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި ސައުދީގެ ިމާވެއްޓާއި ފެނާއި ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް