ރާއްޖެއަށް ތަރައްޤީ ގެނެވޭނީ އަތޮޅުތަކުގެ ރައްޔިތުންނަށް އިންސާފް ލިބިގެން: ރައީސް

ރާއްޖެއަށް ތަރައްގީ ގެނެވޭނީ އަތޮޅުތަކުގެ ރައްޔިތުންނަށް އިންސާފު ލިބިގެންކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ. "މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް" ފެށުމަށް ކުރުނ...

17 Jun 2019 | 07:02

ރާއްޖެއަށް ތަރައްގީ ގެނެވޭނީ އަތޮޅުތަކުގެ ރައްޔިތުންނަށް އިންސާފު ލިބިގެންކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް" ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ތަރައްގީ ހާސިލްކުރުމަށް މަސައްކަތްތަކެއް ކުރެވުނަސް އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ކުރެވިފައި ނުވާ ކަމަށެވެ.

އެގޮތުން އަތޮޅުތަކުގައި ތިބޭ ރައްޔިތުންނަށް ރާއްޖެ މިދެކޭ ކުރިއެރުންތައް ފުރިހަމަ ގޮތުގައި ނުލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މާލެއާއި އެއްހަމަ އެއްގައި އަތޮޅުތައްވެސް ބޭއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

" މިދިޔަ އަހަރުތަކުގައި އަސާސީ ހިދުމަތްތައް ހޯދުމަށްވެސް އަތޮޅު ތެރޭގައި ދިރިއުޅޭ މީހުން އަންނަން ޖެހެނީ މާލެ އަށް. އެގޮތުން ސިއްހީ ހިދުމަތްތަކާއި ތައުލީމު ހާސިލްކުރުމަށް ވެސް އަންނަން ޖެހެނީ މާލެ އަށް،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަކީ ގުދުރަތީ ވަސީލަތްތަކުން ފުރިފައިވާ ގައުމެއް ކަމަށާއި ތަރައްގީ ހާސިލްކުރުމުގައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ދިވެހިވަންތަކަން ދަމަހައްޓައި ރައްކާތެރިކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖެ އަކީ ތަރައްގީ ހާސިލްކުރަން ބޭނުންވާ ބަޔަކު ދިރިއުޅޭ ގައުމެއް. އެހެން ނަމަވެސް ތަރައްގީއަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކެއް ހަލާކު ކޮށެއް ނުލެވޭނެ. މި ސަރުކާރުން ތަރައްގީ ގެންނާނީ ދެމެހެއްޓެނިވި ގޮތެއްގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހިން އަދުލް އިންސާފާއި އިގްތިސާދީ ތަރައްގީ ބޭނުންވާ އިރު "ޖަޒީރާ ރާއްޖެ" އިން މަސައްކަތް ކުރާނީ އެއަމާޒަށް ވާސިލް ވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް