އަލަނާސިއޭ ބުނުމުން އެ ނޭގޭ މީހެއް ނުހުންނާނެކަން ގައިމެވެ. އަދި އަލަނާސިއަކީ އޭޣެއިން އެތައް ސިއްހީ ފައިދާ ތަކެއްވެސް ލިބިދޭ އެއްޗެއްކަންވެސް ގިނަ މީހުނަށް އިނގޭނެއެވެ. ނަމަވެސް އަލަނާސި ފަތަކީ އޭގައި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެއްކަން އިނގެނީ ތީގޭ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟
މި މޭވާއަކީ ފަސޭހަ ކަމާއިއެކު ރާއްޖެއިންވެސް ލިބެން ހުންނަ ހުތް ފޮނި ރަހައެއްދޭ މޭވާއެކެވެ. ބައެއް ގައުމުތަކުގައި މި މޭވާ އަށް އަނާނަސްވެސް ކިޔާ އުޅެއެވެ. އެގޮތުން ބްރެޒިލް އަދި ބޮލިވިއާގައި އަލަނާސިއަށް ކިޔާއުޅޭ އާންމު ނަމަކީ އަނާނަސް ކޮމޮސަސްއެވެ.
އަލަނާސިފަތުގައި އެކުލެވޭ ސިއްހީ މާއްދާތައް:
ކެލްސިއަމް އޮކްސަލޭޓް
ފައިބާ
ސެލިޔުލޯޒް
މިފަދަ ފައިދާ ހުރި މާއްދާތައް އެ ފަތުގައި އެކުލެވިގެންވެޔޭ ބުންޏަށް ގިނަ ބަޔަކު ގަބޫލެއް ނުކުރާނެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ އަލަނާސި ފަތަކީ އޭގައި ވަށައިގެން ކުދި ކަށިތައް ހުންނަ ފަތަކަށް ވުމެވެ. އަދުގެ ދުނިޔޭޣައި އަހަރެމެންނަށް ނޭގުނަސް އަލަނާސި ފަތުގެ ބޭނުން ކޮށްގެން އެތަށް ވައްތަރެއްގެ އެއްޗެހި އުފައްދައި ބާޒާރަށް ނެރެފައިވެސް އެބަހުއްޓެވެ.
އަލަނާސި ފަތުން ލިއްބައިދޭ ސިއްޙީ ފައިދާތައް:
ނޭފަތުން ލޭއައުން މަނާކޮށްދިނުން
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އާންމު ދިރިއުޅުމުގައި ނޭފަތުން ލޭ އައުމުގެ ހިތްދަތިކަމުގައި އުޅޭ މީހުންނެވެ. އާންމު ގޮތެއްގައި މިހެން ދިމާވާން ޖެހެނީ މާ ބޮޑަށް ވަރުބަލިވެ ސްޓްރެސްވާގޮތް މެދުވެރިވާތީއެވެ. މިކަންތަކުން ސަލާމަތްވުމަށް ފެންތައްޓެއްގެ ތެރެއަށް އަލަނާސި ފަތް ކުދިކޮށް ކޮށައިން ބުއިމުން ރަނގަޅުވާނެއެވެ. އަދި އެ ނޫންނަމަ އެ ފެނުގެ ތެރެއަށް މާމުއި އަޅައިންވެސް ބޭނުން ކުރެވިދާނެއެވެ.
ހޮޑުލެވުން
އަލަނާސި ފަތަކީ ހޮޑުލެވުން އަދި ލޭލުން ފަދަ ކަންކަމަށްވެސް އޮތް ފަރުވާއެކެވެ. އާންމުކޮށް މެދުކެޑުމެއްނެތި ހޮޑުލެވެން ދިމާވަނީ ވައިރަސްއެއްގެ ސަބަބުންނެވެ.
އަރިދަފުސް ރޯގާ
އަރިދަފުސް ރޯގާގެ އުނދަގޫ ޖެހޭ މީހުންނަށްވެސް މި ފަތަކީ ރަނގަޅު އަދި ތަފާތު ފަރުވބާއެކެވެ. އެގޮތުން ހޫނު ފެނުގަ އަލަނާސި ފަތް ކަށްކައިން ކޮންމެ ރެއެއްގެ ނިދުމުގެ ކުރިންނާއި އަދި ހެނދުނު ގަޑީ ބޭނުންކުރުމަކީ އެކަމަށް އޮތް ހައްލެވެ.
ކަރުތެރެ ސަކަރާތްވުން
ކަރުތެރޭގައި ފާރުއުފެދި އުނދަގުލެއްވާނަމަވެސް ކުރިން ބުނިހެން އަލަނާސިފަތް ފެނު ކައްކައިން ބޭނުން ކުރެވިދާނެއެވެ.
ފަސޭހައިން ހަޖަމްވުމަށް
ހަޖަމްކުރުމުގައި މައްސަލަ ހުންނަ ފަރާތްތަކަށްވެސް މި ފަތަކީ ރަނގަޅު ފަރުވާއެކެވެ. އެގޮތުން ހެނދުނު ގަޑީގައި އަލަނާސިފަތް ފެނު ކައްކައިން އެފެން ބޭނުން ކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް