މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް މިއަދު ފަށައިފިއެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި މި ފޯރަމަކީ ރައީސް އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ.
ދިވެހި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ފޯރަމް ހުޅުވައްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. މީގެ އިތުރުން މި ފޯރަމުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވެސް ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހު އާއި ނައިބު ރައީސްގެ އިތުރުން ކެނބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެ ކަމަށާއި، މި ސެޝަންތަކުގައި ރާއްޖެއިން އިޤްތިޞާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިޤްތިޞާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ޙިއްސާކުރެވޭނެ ކަމަށެވެ.
މި ފޯރަމް ކުރިއަށް ދާނީ މިއަދާއި މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް