މަހުދީ ފީނީ ޕެއާ އެއް ގޮތަށް ޕާޓްނަރަކާ އެކު ޕްރޮޓޮކޯލާ އެއްގޮތަށް: ތަރުޖަމާނު

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އިއްޔެ ނިޔާވި ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ (43އ) ފީނީ ޕެއާ އެއް ގޮތަށް ޕާޓްނަރަކާ އެކު ޕްރޮޓޮކ...

17 May 2026 | 12:53
N/A

N/A

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އިއްޔެ ނިޔާވި ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ (43އ) ފީނީ ޕެއާ އެއް ގޮތަށް ޕާޓްނަރަކާ އެކު ޕްރޮޓޮކޯލާ އެއްގޮތަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު ސީއެންއެން އަށް ވިދާޅުވީ "މަހުދީ އަކީ އެންމެ ސީނިއާ ޑައިވަރުންގެ ތެރެއިން ބޭކަލެއް ކަމަށާއި މިއިން ވެސް ދައްކައިދެނީ މި ޑައިވް ޗެލެންޖިން ކަން" ކަމަށެވެ. ޕާޓްނަރަށް ކަމެއް ގޯސް ވީ ކަން ރޭކާލުމާ އެކު ބާކީ ޓީމް ވަގުތުން ފީނައި މަހުދީ ސަލާމަތް ކުރަން މަސައްކަތް ކުރި ކަމަށް ވެސް ވިދާޅުވިއެވެ.

މަހުދީ ނިޔާވީ ޑީކޮމްޕްރެޝަން ޕްރޮސެސް ތެރޭ ކޮމްޕްލިކޭޝަން ޖެހިގެން ކަމަށް ބެލެވޭ ކަމަށާއި ފުނުން އެރުމަށް ފަހު މަޑު ފެނުގައި ޑީކޮމްޕްރެސް ކުރަން މަޑު ކުރަން ޖެހޭ އިރު، އެ ވަގުތު ކޮމްޕްލިކޭޝަން ދިމާވީ ކަމަށް ބެލެވޭ ކަމަށް ރިޕޮޓްކޮށްފައިވެއެވެ.

ތަރުޖަމާނު ހާމަ ކުރެއްވި ގޮތުގައި މި ހޮހޮޅައިގެ އެންމެ ފުން ހިސާބަކީ 70 މީޓަރު (230 ފޫޓު) އެވެ. މިއީ ގާތްގަނޑަކަށް 20 ބުރީގެ ޢިމާރާތެއްހާ ފުނެވެ. ހޮހޮޅައިގެ ދިގުމިނަކީ 200 މީޓަރެވެ. އޮކްސިޖަން އާއި ޑީކޮމްޕްރެޝަންގެ ސަބަބުތަކާ ހެދި ކޮންމެ ރެސްކިއު ޑައިވެއް ގާތްގަނޑަކަށް ތިން ގަޑިއިރަށް ލިމިޓް ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ހޮހޮޅައިގެ ތެރޭ ހާލަތު ސިފަ ކޮށްދެއްވަމުން ތަރުޖަމާނު ވިދާޅުވީ ހޮހޮޅައިގެ ތެރެއަކީ ކަނު އަނދިރި، ބާރުގަދަ ލަފާ ނުކުރެވޭ އޮއިވަރު ހިނގާ، ހަނި ދޭތެރެ ތަކުން ބޮޑު ޗެމްބަރަކަށް ވެދެވޭ ގޮތަށް ހުންނަ ތަނެއް ކަމަށެވެ. "މި ފެންވަރުގެ ޑައިވިން އަށް ތަޖުރިބާކާރެއް ބޭނުންވާނެ" ކަމަށް ވެސް ވިދާޅުވިއެވެ.

މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ރޭ ބާއްވައި، އެތައް ހާސް ބަޔަކު ޖަނާޒާގައި ބައިވެރިވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ދިފާޢީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ބޭރު ޤައުމުތަކުގެ ސަފީރުން ވެސް ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް