އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވެ މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:3...

17 May 2019 | 09:03

އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވެ މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:32 ހާއިރު ކަމަށެވެ. އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމުގައި ބުނެފައިވެއެވެ.

"އަދި، އިތުރަށް އަލިފާން ނުފެތުރޭނެ ގޮތަށް، ވެމްކޯގެ އެހީތެރިކަމާއެކު، އެސަރަޙައްދުގައި ހުރި ކުނިތައް ވަކިކުރުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ ޓީމުން ވަނީ ކޮށްފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް