މަސްޖިދުލް ބިއްރި ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވައިފި

ވިލިމާލޭގައި ޢިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި މިސްކިތް ރައީސް ހުޅުއްވައިދެއްވީ މިއަދު މެންދުރުފަ...

17 Apr 2019 | 12:34

ވިލިމާލޭގައި ޢިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި މިސްކިތް ރައީސް ހުޅުއްވައިދެއްވީ މިއަދު މެންދުރުފަހު ވިލިމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސްގެ އަރިހުން މިސްކިތް ހުޅުއްވައިދެއްވުމަށް އެދި ދެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީއެވެ.

"މަސްޖިދުލް ބިއްރި" އަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ޢަޞްރު ނަމާދުގެ ޖަމާޢަތުގައި ރައީސް އަދި އިސްލާމިކް މިނިސްޓަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް