ގއ. ކަނޑުހުޅުދޫގައި2 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހެއްގެ ބަންދަށް15
ދުވަސް ގެނަމަފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހައި ދީފި އެވެ.
ކޯޓުން މުއްދަތު ޖަހައި ދީފައިވަނީ އެ މައްސަލައިގަ ހައްޔަރު ކުރި ކުއްޖާގެ62 އަހަރުގެ ކާފަ އާއި81 އަހަރުގެ މުނިކާފަގެ ބަންދަށެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންގެ ބަންދުގެ މުއްދަތު ޖެހީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ގެމަނަފުއްޓަށް ގެންގޮސް ގެންނެވެ.
މި މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ބަންދުގެ މުއްދަތު ނުޖަހަނީ ކުއްޖާގެ ބައްޕަގެ އެވެ. އޭނާ ހުޅުމާލޭ ފްލެޓެއްގައި ހުއްޓާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދޫނިދޫއަށް ކަމަށް ފުލުހުން ބުނެ އެވެ.
ދެ އަހަރުގެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް މިހާރު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކޮށްފައިވާކަން ފަޅާ އެރީ އެ ކުއްޖާގެ މަންމަ މާލެ ދިއުމުން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޮޑުދައިތަ އެގެއަށް ގޮސް އެ ކުއްޖާ ފެންވަރުވާ ރީތި ކުރުމުގެ ތެރޭގައި ޖިންސީ ގުނަވަންތަކަށް ތަދުވާކަމަށް ބުނުމުން ކަމަށްވެ އެވެ.
އެހާ ބޮޑަށް ވާހަކަ އަދި ނުދެއްކޭ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުން ބުނެދީފައިވަނީ އިޝާރާތުން ކަމަށް މައުލޫމާތު ހިއްސާ ކުރި ބައެއް މީހުން މީޑީއާގައި ބުނެފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެމީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް