ކުޑަ ކުއްޖާ ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް: މައުމޫން

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓުވ...

17 Jan 2020 | 10:38

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކުއްޖާ ރޭޕް ކުރިވާހަކަ އަކީ ގަބޫލު ކުރަން ދަތިވި ވާހަކައެއް ކަމަށެވެ. އަދި އެކަން ކުރި މީހުންނަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް މައުމޫން ގޮވާލައްވާފައިވެ އެވެ.

https://twitter.com/maumoonagayoom/status/1218007334149951489

ދެއަހަރު ތުއްތު އަންހެން ކުއްޖާ ރޭޕް ކޮށްފައިވާކަން ފަޅާއަރާފައިވަނީ އެ ކުއްޖާގެ މަންމަ މާލެ ދިއުމުން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޮޑުދައިތަ އެގެއަށް ގޮސް އެ ކުއްޖާ ފެންވަރުވާ ރީތި ކުރުމުގެ ތެރޭގައި ޖިންސީ ގުނަވަންތަކަށް ތަދުވާކަމަށް ބުނުމުން ކަމަށްވެ އެވެ.

އެހާ ބޮޑަށް ވާހަކަ އަދި ނުދެއްކޭ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުން ބުނެދީފައިވަނީ އިޝާރާތުން ކަމަށް މައުލޫމާތު ހިއްސާ ކުރި ބައެއް މީހުން މީޑީއާގައި ބުނެފައިވެ އެވެ. އެކުއްޖާ ރޭޕް ކުރި ކަމަށް ވަނީ ބައްޕަ، ކާފަ އަދި މުނިކާފަ ކަމަށްވެ އެވެ. މި މައްސަލައިގަ އެ މީހުން މިހާރުވަނީ ހައްޔަރުކޮށްފައި އެވެ.

ދެ އަހަރުގެ އެ ކުއްޖާ މިހާރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް މާލެ ގެނެސް ދަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް