އައިރަނާސް އިން އިންތިޒާމުކޮށްގެން ލ.އަތޮޅުގައި ލާމު 5 ކޭ ބާއްވައިފިއެވެ.
ލާމު 5 ކޭ ބާއްވައިފައި ވަނީ އިއްޔެ ހަވީރުއެވެ. އައިރަނާސްގެ އިތުރުން ގަން ފޮނަދޫގެ ޒުވާނުން އިންތިޒާމުކޮށްގެން ބޭއްވި މި ދުވުމުގައި ޖުމްލަ 120 އަށްވުރެ ގިން ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.
ލާމު 5 ކޭ ދުވުން ފަށާފައިވަނީ ކައްދޫ ބަނދަރު ސަރަހައްދުންނެވެ. ދުވުމުގެ ހުރިހާ ބައިވެރިންވެސް ވަނީ 5 ކިލޯމީޓަރަށް ދުވެ ކާމިޔާބުކަމާއެކު ރޭސް ފުރިހަމަ ކޮށްފައެވެ.
ލ.އަތޮޅުގެ އިތުރުން އައްޑޫގައިވެސް “އައްޑޫ 5 ކޭ” ބޭއްވުމަށް އައިރަނާސް އިން ވަނީ ނިންމާފައެވެ. “އައްޑޫ 5 ކޭ” އޮންނާނީ އަންނަ އަހަރުގެ ޖަނަވަނީ މަހުގެ ފަސްވަނަ ދުވަހުއެވެ.
އައިރަނާސް އިން ލާމު 5 ކޭ އަށް ދުވުންތެރިން ތައްޔާރުކުރުމުގެ ގޮތުން މީގެ ކުރިން ވަނީ ހިލޭ ފަރިތަކުރުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެނގޮސްފައެވެ. އެގޮތުން ލ.ފޮނަދޫ އަދި ގަމުގައި ކުލާސްތަކެއް ވަނީ ނަގައިދީފައެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީއާއި ހަމައަށް ކުލާސްތައް ކުރިޔަށް ދާނެ ކަމަށާއި، އަދިވެސް ބައިވެރިވާން ބޭނުންވާ ފަރާތަތަކަށް އެ ފުރުސަތު އޮތްކަމަށް އައިރަނާސް އިން މަޢުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް