ދަތްތައް ސާފުކުރަން އެންމެ ކުރިއްސުރެ ބޭނުންކުރަމުން އައިސްފައިވާކަން ފާހަގަކުރެވިފައިވަނީ ވަކަރު ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ނުވަތަ އިލޮށި އެވެ. ދަތް އުނގުޅާ ބުރުސް އަދި ބޭސް އުފެއްދުމުގެ ކުރިން ދިރާސާތަކުން ދައްކާ ގޮތުގައި މީގެ 7500 އަހަރު ކުރިންވެސް ދަތް ސާފުކުރުމަށްޓަކައި ވަކަރު ހިމެނޭ ކޮންމެވެސް އެއްޗެއް ބޭނުންކޮށްފައިވެއެވެ.
އެހެންނަމަވެސް ދަތުގައި ހަރުލާފައި ހުންނަ ބެކްޓީރިއަރ ފަދަ ތަކެތި ސާފުކުރުމަށް ތަފާތު ގިނަ ވަސީލަތްތައް މިއަދު އެބަހުއްޓެވެ.
އެމެރިކާގެ ޑެންޓަލް އެސޯސިއޭޝަންގެ ސްޕޯކްސް ޑރ. ސެލީ ކްރަމް ދިނީ ކުޑަ ކުޑަ މިސާލެކެވެ. ޑރ.ކްރަމް ބުނި ގޮތުގައި ތޫނުކޮށްފައި ހުންނަ ފަދަ ޓޫތްޕިކެއް އެމީހެއްގެ ގަޔަށް އެއްވެސް މީހަކު ގަސްތުގައި ހަރައެއް ނުލާނެއެވެ. އަދި އެފަދަ ކަމެއް އެއްވެސް މީހަކު ނުކުރާނެ ކަމަށް ބުނަމުން ސެލީ ބުނީ އެގޮތަށް ހުންނަ ތަކެތި ހިރުގަނޑަށް ގެއްލުންވާ ގޮތަށް ބޭނުން ކުރަނީ ކީއްކުރަންބާވައެވެ.
މިގޮތަށް ޓޫތްޕިކް ބޭނުންކުރާއިރު އެއީ ވަކަރުން ހަދާފައިވާ ތޫނު އެއްޗެކެވެ. އެފަދަ ތަކެތި ބޭނުން ކުރުމުން ހިރުގަނޑަށް ގެއްލުންވެ، ހިރުގަނޑުން ލޭ އައިސް، އިންފެކްޝަން އުފެދެއެވެ. މިހެންވުމުން ހިރުގަނޑަށް ދިމާވާ ތަފާތު މައްސަލަތައް ދިމާވެ، ހިރުގަނޑު އިތުރައް ގޯސްވެ ތަފާތު ބަލިތަކާއި ކުރިމަތިވެއެވެ. ހިރުގަނޑަކީ އޭގެ ޒާތުގައިވެސް ވަރަށް ނާޒުކު ޓިޝޫއެއް ހުންނަ ތަނެކެވެ. އެހެންކަމުން ޑޮކްޓަރުން ލަފާ ދެނީ ޓޫތްޕިކް ބޭނުން ނުކުރުމަށެވެ. މިގޮތަށް ދަތްތައް ސާފުކުރަން ބޭނުންވާ ނަމަ ކޮންމެވެސް ވަރަކަށް މަޑުކޮށް ހުންނަ އެއްޗެއް ބޭނުން ކުރުން ރަނގަޅުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް