އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.
އެގޮތުން ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 75 ލާރި މިއަދުވަނީ ހެޔޮކޮށްފަ އެވެ.
އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިކަން އިއުލާނު ކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ތެލުގަ އަގު ދަށްކުރީ ދުނިޔޭގެ ބާޒާރުގައި ވެސް ތަލުގެ އަގު ދަށަށް ދިއުމާ ގުޅިގެން އޭގެ ފައިދާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
އާޒިމް ވިދާޅުވީ މަސްވެރިކަމާއި ޓޫރިޒަމާއި އެހެނިހެން އިންޑަސްޓްރީތަކަށް މި ބަދަލަކީ ބޮޑު ލުޔަކަށް ވެގެންދާނެ ކަމށާއި ފެން ކުންފުންޏާއި ސްޓެލްކޯއަށްވެސް މިކަމުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ އިންޑަސްޓްރީތަކުގެ އިތުރުން އާންމުންނަށް ވެސް ތެލުގެ އަގަށް މި ގެނައި ބަދަލުގެ ފައިދާ ބޮޑުވާނެ ކަމަށާއި އެގޮތުން ވެހިކަލް ގެންގުޅޭ އާންމުން މިހާރު ކުރާ ހޭދަ ވެސް ކުޑަވާނެ ކަމަށެވެ.
އެސްޓީއޯއިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގައިވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް