ފޮޓޯ: ރައީސް އޮފީސއ
ސޯޝަލް މީޑިއާގައި އިމިގްރޭޝަންގެ ޤާނޫނީ އިސްލާހެއް ކަމަށް ބުނެ ފަތުރަމުންދާ ލިޔުންތަކެއް އެ އިދާރާއިން މިއަދު ދޮގުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، ދައުރުވަމުންދާ އިބާރާތްތަކަކީ އެ އިދާރާއިން ޤާނޫނު އިސްލާހުކުރުމަށް ހުށަހެޅި ނުވަތަ ހުށަހެޅުމުގެ ވިސްނުން ގެންގުޅުނު އެއްޗެހިތަކެއް ނޫން ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 50 ޞަފްޙާގެ މުޅިން އާ އިމިގްރޭޝަން ޤާނޫނެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އެންމެހައި ރައްޔިތުންނާ ގުޅުން ހުރި ޙައްސާސީ މަސައްކަތްތައް ކުރާ އިދާރާއަކާ ގުޅޭ ގޮތުން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ސަރުކާރުން ހުށަހެޅި އާ ޤާނޫނުގެ ބިލު މިހާރު އޮތީ މަޖިލީހުގެ މަރުޙަލާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް