އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް ޑިސެމްބަރު ފަހެއްގައި ފަށަނީ

16 Nov 2026 | 13:11
ފޮޓޯ: އެމްއެމްއޭ

ފޮޓޯ: އެމްއެމްއޭ

ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ ތެރޭގައި އިޤުތިޞާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހުގެ ފަހެއްގައި ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

ތިން ދުވަހުގެ މި ކޮންފަރެންސް ކުރިއަށް ދާނީ ޑިސެމްބަރު ފަހެއް އިން ހަތެއް އަށެވެ. ދިރާސާކުރާ ފަރާތްތަކާއި ޢިލްމީ މާހިރުންނާއި ސިޔާސަތު ބައްޓަންކުރާ ފަރާތްތައް އެއް ޕްލެޓްފޯމެއްގައި ބައިވެރިވާ މި ކޮންފަރެންސްގެ ތީމަކީ ދުނިޔޭގެ ނުތަނަވަސް ޙާލަތުގައި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ އަދި އިޤުތިޞާދީ ހަމަޖެހުން ގެނައުމެވެ.

Advertisement

މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު ދިރާސާ ކަރުދާސްތައް ހުށަހެޅުން ކުރިއަށް ގެންދާނީ އެމްއެމްއޭގައި ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެޖެންޑާގެ މައިގަނޑު ހަރަކާތްތައް ބާއްވާނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސް ގައެވެ. މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް ހިފެހެއްޓުމާއި އިސްލާމީ މާލީ ނިޒާމާއި ޑިޖިޓަލް ފައިނޭންސާއި އިޤުތިޞާދު ސިންދަފާތުކުރުމާއި މޫސުމީ ރިސްކުތައް ފަދަ ގިނަ މައުޟޫޢުތަކެއް ކޮންފަރެންސްގައި ކަވަރުކުރާނެއެވެ.

ރާއްޖެ ފަދައިން ކުރިއަރަމުން އަންނަ ކުދި ޤައުމުތަކަށް އިޤުތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރުމަށް ވެސް މި ބައްދަލުވުމުގައި ފުރުޞަތު ލިބޭނެއެވެ. މި ކޮންފަރެންސްގެ އެންމެ ބޮޑު އެއް ބޭނުމަކީ ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން ދިރާސީ މަސައްކަތް ކުރިއެރުވުމަށް ބާރުއެޅުމެވެ.

އެމްއެމްއޭއިން 2024 ވަނަ އަހަރު ފެށި މި ކޮންފަރެންސަކީ ޖެހިޖެހިގެން ތިންވަނަ އަހަރު ބާއްވާ ކޮންފަރެންސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް