ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ޙިތާނީ ކޭމްޕް 2019" ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2019 މިއަދު ފަށައިފިއެވެ. ޙިތާނީ ކޭމްޕް 2019 ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 16، 2019ން ޖަނަވަރީ 7، 2020ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ...

16 Nov 2019 | 16:05

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2019 މިއަދު ފަށައިފިއެވެ. ޙިތާނީ ކޭމްޕް 2019 ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 16، 2019ން ޖަނަވަރީ 7، 2020ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2019 އިތުރަށް ފުޅާކުރެވި 5 ޑޮކްޓަރުން މިއަހަރު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަހަރު ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރުން، ޑރ. ޝައިލޭޝް އަދިކަރީ، ޑރ. ޑިއޭގޯ ޒާޓާރިއަން، ޑރ. މައުމޫން އާސިމް އަދި ޑރ. ޢަބްދުﷲ އުބައިދުގެ އިތުރުން، ކުޑަކަމުދާ ނިޒާމްގެ ޚާއްސަ، ޑރ. މެހްމެތު އޯޑަރ ހިމެނިވަޑައިގަންނަވައެވެ. މި އައު ބަދަލާއެކު މިއަހަރުގެ ޙިތާނީ ކޭމްޕް 46 ދުވަހަށް ފުޅާކުރެވި 500އަށްވުރެން ގިނަ ކުދިންނަށް ޖާގަހުޅުވިފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއްވާގޮތުގައި މިއަހަރުގެ ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަންނޯޓުކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވެއެވެ. ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 ގުޅުއްވައިގެން ޕެކޭޖްގެ 50% ފައިސާ ދެއްކުމުން ނަންނޯޓުކުރެވޭނެއެވެ. ޙިތާނީ ޕެކޭޖްގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4000ރ އެވެ. އަދި ބާއްވާ ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރަވެޓް ކޮޓަރިތަކަށް ޚާއްސަ އަގުތަކެއް އެކުލަވާލާފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 7350440 އަށް ގުޅުއްވާ، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް