މާދަމާގެ ފަހުން ޔާމީން އަތުން މުސްތަޝާރުކަންވެސް ދާނެ، ދަރަންޏަށް ޒިންމާ ކުރުވާނަން: ނާދިރާ

މާދަމާގެ ފަހުން ރައީސް ޔާމީންގެ އަތުން ޕީޕީއެމްގެ މުސްތަޝާރުކަންވެސް ދާނެކަމުގައި ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވަމުން އަންނަ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ. ނާދިރާ މިހެން ވިދާޅުވީ...

16 Nov 2018 | 18:50

މާދަމާގެ ފަހުން ރައީސް ޔާމީންގެ އަތުން ޕީޕީއެމްގެ މުސްތަޝާރުކަންވެސް ދާނެކަމުގައި ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވަމުން އަންނަ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

"މާދަމާގެ ފަހުން ޔާމީންގެ އަތުން ޕީޕީއެމްގެ މުޝްތަޝާރުކަންވެސް ދިޔައީ، ޔާމީން އަކީ ޕީޕީއެމްގެ އާންމު މެމްބަރެއް" ނާދިރާ ވިދާޅުވެފައިވެއެވެ.

ނާދިރާ ވިދާޅުވެފައިވަނީ އެގޮތަށް ހުންނަން ބޭނުން ނޫންނަމަ އޮތީ އިސްތިއުފާ ދެއްވައި ވަކިވުމެވެ. ނާދިރާ އިތުރަށް ވިދާޅުވެފައިވަނީ ވަކިވިޔަސް ދަރަންޏަށް ޒިންމާދާރު ކުރުވާނެ ކަމަށެވެ.

ނާދިރާ މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ހިންގުން، ސިވިލް ކޯޓުގެ ހުކުމަކުން ހަވާލުކޮށްފައިވަނީ ޕާޓީގެ މުސްތަޝާރާއެވެ. އެހެންކަމުން މާދަމާ ރައީސް ޔާމީނަށް މުސްތަޝާރުކަން ގެއްލުމުން ޕީޕީއެމްގެ ހިންގުމުގެ ބާރުވެސް ރައީސް ޔާމީނަށް ގެއްލިގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް