ކުރަނީ ހުސް ދޮގު ތުހުމަތު: ޚާރިޖީ ވަޒީރު

ޚާރިޖީ ވުޒާރާގެ މުވައްޒަފުން ތަކަކަށް އެ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު އާސިމް ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ބުނެ ކުރަމުން އަންނަ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ. ވަޒީރު އެކަން ދޮގުކުރައްވާ...

16 Nov 2018 | 18:20

ޚާރިޖީ ވުޒާރާގެ މުވައްޒަފުން ތަކަކަށް އެ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު އާސިމް ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ބުނެ ކުރަމުން އަންނަ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ.

ވަޒީރު އެކަން ދޮގުކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ވަޒީރު ވިދާޅުވެފައިވަނީ ވަޒީރު ކަމުގެ މުހުލަތު ހަމަވާން ގާތްވެފައިވާއިރު ކެބިނެޓުން ދެއްވި ފުރުސަތަށް ރައީސް ޔާމީނަށް ޝުކުރު ދަންނަވާކަމަށެވެ.

"ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރަން" ވަޒީރު ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedAsim_mdv/status/1063478125705609216

ވަޒީރުގެ އެ ޓްވީޓްގައި އަންނަން އޮތް ސަރުކާރަށާއި ދެން އަންނާނެ ޚާރިޖީ ވަޒީރަށާއި ޚާރިޖީ ވުޒާރާއަށް ފާގަތި ދުވަސްތަކަކަށް އެދިލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް