މާލޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މއ. ޒޫނާމަންޒިލް ގޭގެ ކޮޓަރިއެއްގައި ކަމަށެވެ.
"އަލިފާން ރޯވީ ގޭގެ ރޫމެއްގައި، އެ ރޫމް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ކޮށްފައިވަނީ މިރޭ 10:14ގައި ކަމަށާއި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް