މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ބާއްވާ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމާއި ނައިބު ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެޑައިނުގަތުމަށް ނިންމަވައިފިއެވެ.
ރައީސް ޔާމީންގެ މި ނިންމެވުން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އެވެ.
މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދާއި ހަމައަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލި، އިންސާފު ނުލިބިފައިވާކަމަށް ގަބޫލުފުޅު ކުރެއްވޭތީއާއި އެމަނިކުފާނަށް ތާއީދުކުރައްވާ އެތައް ހާސް ސަޕޯޓަރުންގެ އެދިވަޑައިގަތުމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން އިބްރާހިމް މުހައްމަދު ސާލިހް ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަތުމަށް ވަނީ ނިންމަވާފައިކަމަށެވެ.
https://twitter.com/SpokespersonMV/status/1063482872118501376
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް