އޭބީއޭ ކޮންފަރެންސް ކާމިޔާބު ކަމާއެކު ބީއެމްއެލްއިން ނިންމައިލީ ވައިސް ޗެއަރގެ މަގާމާއެކު

ނޮވެމްބަރުމަހު 15 އަދި 16 ވަނަ ދުވަހު އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް ކުރުނބާ މޯލްޑިވްސްގައި ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. " ބޭންކިންގ އިން އޭޝ...

16 Nov 2018 | 14:24

ނޮވެމްބަރުމަހު 15 އަދި 16 ވަނަ ދުވަހު އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް ކުރުނބާ މޯލްޑިވްސްގައި ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

" ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ" ގެ ޝިއާރުގެ ދަށުން މިކޮންފަރެންސް އިންތިޒާމްކޮށް ބާއްވައިފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިންގ ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއިރު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާގެ ހަރުދަނާކަމާ އަދި އެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކުން ރައްކާތެރިވުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި ވަނީ މަޝްވަރާކޮށްފައެވެ.

އޭބީއޭ ގެ ޗެއަރމަންގެ މަގާމު މިދައުރުގައި އަދާކުރެއްވި ޑެނިއަލް ވޫ ވިދާޅުވީ މިއަހަރުގެ ކޮންފަރެންސް މިވަނީ ވަރަށް ޚާއްސަ ކޮންފަރެންސަކަށްވެފައި ކަމަށާއި މިއީ 1981 ވަނަ އަހަރު މި އެސޯސިއޭޝަން އުފެދުނީއްސުރެ ދިވެހިރައްޖޭގައި ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ ވަރަށް ފުރިހަމައަށް މި ކޮންފަރެންސް ބާއްވާފައި. އެކަމަށްޓަކައި ބޭންކަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން. އަދި ކުރިއަށް ދެ އަހަރުގެ މުއްދަތަށް އޭބީއޭ ގެ ވައިސްޗެއަރގެ މަގާމް ލިބުނީތީ ވެސް ބީއެމްއެލް އަށް މަރުހަބާ ދަންނަވަން." ޑެނިއެލް ވޫ ވިދާޅުވިއެވެ.

ޗެއަރގެ މަގާމު ލިބުނު ސްރީލަންކާގެ ހެޓަން ނެޝަނަލް ބޭންކަށް ޑެނިއެލް ވޫ ވަނީ މަރުހަބާ ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް