ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އަދި ހުންނެވި، ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، ހ.ދޫވެއްސަށް މިއަދު ބަދަލުވެވަޑައިގެންފިއެވެ.
މި ގެކޮޅަކީ ރާޅުގަނޑު ސަރަހައްދުން ރިންގު ރޯޑަށް ވާގޮތަށް އޮތް ބިމެއް ރައީސް ބައްލަވައިގަނެ އިމާރާތް ކުރަމުން އަންނަ ގެކޮޅެކެވެ. މި ގެކޮޅު އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
ރައީސް ޔާމީން މި ގެކޮޅަށް ބަދަލުވެފައިވާއިރު އެ އިމާރާތުގެ ދެ ފަންގިފިލާ މިހާރު ވަނީ އެއްކޮށް ނިންމާފައެވެ. ހަތް ބުރިއާއި ހަމައަށް ޝީޓް އަޅާފައިވާއިރު މި އިމާރާތަކީ 17 ބުރިއަށް ހަދާ އިމާރާތެއް ކަމުގައި މައުލޫމާތު ލިބެއެވެ.
ރައީސް ޔާމީން އަމިއްލަ ގެކޮޅަށް ބަދަލުވެފައިވާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މާދަމާ މަގާމުގެ ހުވާ ކުރައްވާނެއެވެ. ހުވާކުރެއްވުމަށްފަހު ރައީސް އިބޫ ދިރިއުޅުއްވާނީ މުލިއާގޭގައެވެ. ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާނީ ރައީސް ޔާމީން މިއަދާއި ހަމައަށް ދިރިއުޅުއްވި ހިލާލީގޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް