މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ވެރިން އިސްތިއުފާ ނުދެއްވާކަމަށާއި ދައުރުވަމުން އަންނަނީ ފޭކު މެސެޖެއް ކަމުގައި ކަރެކްޝަންސުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހްމަދު ލުޤްމާން ވިދާޅުވީ އޭނާގެ ފޯނު ނަމްބަރު ބޭނުންކޮށްގެން މީޑިއާގެ ފަރާތްތަކަށް މެސެޖު ފޮނުވާ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
ލުޤްމާން ވިދާޅުވެފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް މަޤާމުން އިސްތިއުފާ ނުދެއްވާކަމަށާއި ދެ ބޭފުޅުންވެސް ތިއްބެވީ އެބޭފުޅުންނާއި ހަވާލު ކުރެވިފައިވާ ޒިންމާ އަދާކުރުމުގައިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް