ދެ މަގާމުގައި ހުންނަން ބޭނުން ނުވާތީ ގާސިމްގެ އެޑްވައިޒަރު ކަމުން ރިޔާޒް އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ ގާސިމް އިބްރާހިމަށް ފޮނުއްވާފައިވާ ސިޓީއެއްގައެވ...

16 Nov 2018 | 11:02

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ ގާސިމް އިބްރާހިމަށް ފޮނުއްވާފައިވާ ސިޓީއެއްގައެވެ. އެ ސިޓީގެ ކޮޕީއެއް ރިޔާޒް ވަނީ ޓްވީޓް ކުރައްވާފައެވެ.

ރިޔާޒް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމަށް 12 ނޮވެމްބަރު 2018 ވީ ހޯމަދުވަހުގެ ރޭ ބޭއްވި ޕާލަމެންޓަރީ ގްރޫޕްގެ އިންތިހާބުގައި އެ މަގާމަށް އޭނާ އިންތިހާބު ކުރުމާއި ގުޅިގެން، އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުކަމުގެ މަގާމުން އިސްތިއުފާ ދޭން ހުށަހަޅާކަމަށެވެ.

"ލީޑަރުގެ އެޑްވައިޒަރުކަމުގެ މަގާމު އަޅުގަނޑަށް ހަމަޖައްސަވާދެއްވައި އެ ފުރުސަތު ދެއްވަކަމަށްޓަކައި ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމަށާއި ޕާޓީގެ ކައުންސިލަށް ޝުކުރު ދަންނަވަމެވެ" ރިޔާޒްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މިކަމާއި ބެހޭގޮތުން ރިޔާޒް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދިނީ ދެ މަގާމެއްގައި ހުންނަން ބޭނުން ނުވާތީއާއި ޖޭޕީގައި ގާބިލް އެތައް ބަޔަކު ތިބުމުން އެފަރާތްތަކަށް ލީޑަޝިޕުން ފުރުސަތު ދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް