އަންހެން ކުދިން ހިތާނު ކުރުމަކީ މެލޭޝިޔާގެ ޝަގާފަތާއި ގުޅުންހުރި ކަމެއް ކަމަށާއި އެކަން ކުރުން ހުއްޓައިނުލާނެ ކަމަށް މެލޭޝިޔާއިން ބުނެފިއެވެ.
މިހެން ބުނެފައިވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު ޑރ. ވަން އަޒީޒާ ވަން އިސްމާއިލް އެވެ. އޭނާއަކީ އެ ގައުމުގެ ފެމިލީ އެންޑް ކޮމިއުނިޓީ ޑެވެލޮޕްމެންޓް މިނިސްޓަރުވެސް މެއެވެ.
އޭނާ ބުނެފައިވަނީ މެލޭޝިޔާގައި އަންހެންކުދިން ހިތާނު ކުރަނީ އެފްރިކާގެ ގައުމުތަކުގައި އަންހެން ކުދިން ހިތާނު ކުރާގޮތަށް ނޫންކަމަށެވެ. ލޭ އައިސް އަންހެން ކުދިން މަރުވަންދެން ކަފާނުލާނެ ކަމަށެވެ. އެކަމެއް ކުރަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި އެކަން ކުރަނީ އެކަމަށް ގާބިލު ހެލްތު ޕްރޮފެޝަނަލިސްޓުން ކަމުގައިވެސް ޑރ. ވަން އަޒީޒާ ވިދާޅުވެފައިވެއެވެ.
ޑރ. ވަން އަޒީޒާ މިހެން ވިދާޅުވެފައިވާއިރު މެލޭޝިޔާގައި އަންހެން ކުދިން ހިތާނުކުރާތީ ބޭރުގެ ބައެއް ޖަމިއްޔާތަކުން މިފަހުން އައިސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޑރ. އަޒީޒާ މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ އެ ގައުމުގައިވެސް މިކަމާއިމެދު ބަހުސް ކުރެވެމުން އަންނަ ދަނޑިވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް