މި މަހު 23ގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަންގެ އެކްސްޕޯ އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އުރީދޫއިން ބުނެފައިވަނީ 18 އަދި 19 ނޮވެމްބަރ ވާ އާދިއްތަ އާއި ހޯމަ ދުވަހު ނެޝަނަލް އާޓް ގެލަރީގައި އުރީދޫ ކަލަރ ރަން 2018ގެ އެކްސްޕޯ ބޭއްވިގެންދާނެ ކަމަށާއި މިއަހަރުގެ ކަލަރ ރަން އަށް ރެޖިސްޓަރ ވެފައިވާ އެންމެހާ ދުވުންތެރިންނަށް، ތިރީގައި ބަޔާން ކުރެވިފައިވާ ވަގުތު ތަކުގައި އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނޭ ކަމަށެވެ.
އުރީދޫ ކަލަރ ރަން އެކްސްޕޯ ކުރިއަށްދާނެ ގަޑި ތަކަކީ:
- ހެނދުނު 10.00 އަކުން ހަވީރު 6.00ގެ ނިޔަލަށް
- ރޭގަނޑު 8.00 ން 10.00 އަށް
އުރީދޫއިން ހާމަކޮށްފައިވާގޮތުގައި ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ. ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެއެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެކަމުގައިވެސް އުރީދޫއިން ބުނެއެވެ.
"އެކްސްޕޯ ނިމުމަށްފަހު، ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ، އަލުން ރެޖިސްޓްރޭޝަން ހުޅުވާލެވޭނެއެވެ. ކިޓުތައް ދޫކުރުމުގެ އިތުރުން، އުރީދޫ އާއި ކަލަރ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގ، ކޯޗް ޝުޖާއު، އައިރަނަރސް އަދި ބަރިސްޓަރ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ޚާއްސަ ހަރަކާތްތަކެއް ވަނީ ހަމަޖައްސާފައެވެ." އުރީދޫއިން ބުނެފައިވެއެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. ތަފާތު ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ.
އުރީދޫ ކަލަރ ރަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/colorrun އަށް ޒިޔާރަތް ކުރެއްވުމުން ލިބިލައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް