ކުޑަކުއްޖަކާއެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުވައްމުލަކުން އިއްޔެ ހައްޔަރުކުރި އެ ރަށު ކައުންސިލަރުގެ ބަންދަށް 15 ދުވަސް ކޯޓަށް ޖަހައިފި އެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ދޫނޑިގަން އަވަށުގެ ކައުންސިލަރު އަލީ ޝަޒީމް މުހައްމަދު އެވެ.
ފުވައްމުލަކު ކައުންސިލުން ވެސް ވަނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޝަޒީން ކަން ކަށަވަރުކޮށްދީފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކާއި އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން އިއްޔެ މެންދުރު ފަހު ފުވައްމުލަކުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައި ވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް