އެޗްޑީސީގެ ޗެއާމަން ކަމުން އަސީލް ވަކިކޮށްފި

ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ މުހައްމަދު އަސީލް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން މިއަދު ވަކި...

16 Nov 2015 | 06:58

ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ މުހައްމަދު އަސީލް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

އެޗްޑިސީގެ ޗެއާމަންގެ މަގާމުން އަސީލް ވަކިކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރު ކޮށްދެ އެވެ. ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވިދޅުވީ އެޗްޑީސީގެ ޗެއާމަން ކަމުން އަސީލް ވަކި ކުރީ ރައީސް އޮފީހަށް އެކަން ހުށަހަޅައި އަސީލް ވަކި ކުރުމުގެ ހުއްދަ ލިބުމުން ކަމަށެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމުން އަސީލް ވަކިކޮށްފައިވާއިރު އަސީލަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. އެޗްޑީސީގެ ×ޗެއާމަން ކަމުން އަސީލް ވަކި ކުރި ނަމަވެސް އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން އަސީލް ވަކިކޮށްފައިވާކަން ކަށަވަރެއް ނުވެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައިގެ ތަހުގީގަށް އަސީލު ހޯދަމުން އަންނަ އިރު ފުލުހުން ވަނީ އަސީލް ދިރިއުޅުއްވާ ގެއަށް ދެ ފަހަރެއްގެ މަތިން ވަދެ، ބަލައިފާސްކޮށް، ބައެއް ތަކެތި ގެންގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް