ހާމިދު ސޭޓުގެ ބަންދަށް އިތުރު ފަސް ދުވަސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މ.ޝުރާމަންޒިލް ހާމިދު އިސްމާއީލް (ހާމިދު ސޭޓު) ގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް އިތުރު ކޮށް...

16 Nov 2015 | 05:58

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މ.ޝުރާމަންޒިލް ހާމިދު އިސްމާއީލް (ހާމިދު ސޭޓު) ގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް އިތުރު ކޮށްފި އެވެ.

ހާމިދު ސޭޓުގެ ބަންދަށް އިއްޔެ ފަސް ދުވަސް އިތުރު ކޮށްފައި މިވަނީ ކުރިން އިތުރު ކުރި 15 ދުވަހުގެ މުއްދަތު އިއްޔެ އަށް ހަމަވުމުންނެވެ.

ހާމިދުގެ ބަންދުގެ މުއްދަތު އިތުރު ފަސް ދުވަހަށް އިތުރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކުރިން ޖެހި 15 ދުވަހުގެ މުއްދަތަކަށް ހައި ކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ.

ހާމިދު ސޭޓު ހައްޔަރުކޮށްފައިވަނީ މެލޭޝިއާގައި ހުއްޓާ އެގައުމުގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް