ފުވައްމުލަކު އަތޮޅު މުބާރާތް ދޫނޑިގަން ކާމިޔާބުކޮށްފި

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކު މުބާރާތުގެ ޗެމްޕިއަންކަން ދޫނޑިގަން ހޯދައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކު ލީގުގެ ...

16 Nov 2015 | 05:19

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކު މުބާރާތުގެ ޗެމްޕިއަންކަން ދޫނޑިގަން ހޯދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކު ލީގުގެ ފަހު މެޗުގައި ދަޑިމަގުގެ މައްޗަށް ދޫނޑިގަން ކުރިހޯދީ 4-0 ލަނޑުންނެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ކުޅެ ދެ ގޯލް ކާމިޔާބުކުރީ ދޫނޑިގަން ޓީމެވެ. ފަހު ހާފްގައި ވެސް އެޓީމުން ދެލަނޑު ކާމިޔާބުކުރި އެވެ. ދޫނޑިގަން ޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ ނަސްރާހް (ކިޓޭރު) އާއި ޖަޕާން ކުޅުންތެރިއެއް ކަމަށްވާ ކޭ އަދި ފަހު ހާފްގައި ކުޅެން ނިކުތް އަބްދުﷲ ރަޝީދު (ޕެލޭ) އެވެ. އޭގެ ތެރެއިން ޖަޕާން ކުޅުންތެރިޔާ ދެލަނޑު ކާމިޔާބުކުރި އެވެ.

ލީގުގައި ކުޅުނު ދެމެޗްގެ ތެރެއިން ފުރަތަމަ މެޗް ކާމިޔާބުކުރީ ދަޑިމަގު ޓީމެވެ. އެ މެޗު ދަޑިމަގު މޮޅުވެފައިވަނީ 1-2 ލަނޑުންނެވެ. އެހެންކަމުން ފަހު މެޗް ދޫނޑިގަން 0-4 ކާމިޔާބުކުރުމުން ލީގުގެ ޗެމްޕިއަންކަން ލަނޑުގެ ތަފާތުން ލިބުނީ ދޫނޑިގަން ޓީމަށެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލައް ހިމެނޭ އަތޮޅުގައި ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ދަޑިމަގު އަދި ދޫނޑިގަންއެވެ. މިމުބާރާތުގެ ޒޯން މުބާރާތަށް ކޮލިފައިވާ އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ޒޯން މުބާރާތުގައި ދޫނޑިގަން ނުކުންނަން ޖެހޭނީ އައްޑޫ ސިޓީގެ ޗެމްޕިއަން ފޭދޫއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް