ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ފެންވަރު ބެލުމުގެ މުބާރާތް ފަށައިފި

ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިން ހަތަރު ޓީމަކަށް ބަހާލައިގެން ބާއްވާ ފެންވަރު ބެލުމުގެ މުބާރާތް ރޭ ފަށައިފި އެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާގައި ބާއްވާ ސައުތު އޭޝިއަން ގޭ...

16 Nov 2015 | 05:18

ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިން ހަތަރު ޓީމަކަށް ބަހާލައިގެން ބާއްވާ ފެންވަރު ބެލުމުގެ މުބާރާތް ރޭ ފަށައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމު ހަތަރު ޓީމަކަށް ބަހާލައިގެން ފެށި މުބާރާތުގެ ރޭ ދެ މެޗު ކުޅުނެވެ.

ކުޅިވަރު އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ޓީމް ރެޑް އަތުން ޓީމް ވައިޓް މޮޅުވީ 31-33 ޕޮއިންޓުންނެވެ. އަދި ދެވަނަ މެޗުގައި ޓީމް ބްލެކް އަތުން ޓީމް ގްރީން މޮޅުވީ 43-28 ޕޮއިންޓުންނެވެ.

ފެންވަރު ބެލުމަށް ބާއްވާ މުބާރާތުގެ ޓީމުތައް:

ޓީމް ރެޑް - އިލްޔާސް އިބްރާހިމް (ކެޕްޓަން)، ހުސެއިން ޝަހުނޫން، ހުސެއިން ހަލީމް، އަހުމަދު އަދުހަމް، އިބްރާހިމް ނަސީމް، އަހުމަދު ފިރާޝް، ރިޝްފާން ރަޝީދު

ޓީމް ބްލެކް - ޒަކަރިއްޔާ އަބްދުލް ލަތީފް (ކެޕްޓަން)، އަހުމަދު އިފްސާހް، މުހައްމަދު ހަސަން، ހަސީން މުހައްމަދު، އަހުމަދު ހުޝާމް، މުހައްމަދު އީވާން ޒާހިރު، އަލީ ފަޒްލީ، އިބްރާހިމް ރިޝްވާން

ޓީމް ވައިޓް - އަހުމަދު އަފްޝަން ރަސާދު (ކެޕްޓަން)، އިސްމާއިލް ވިލްދާން، ހުސެއިން ސިނާން، މުހައްމަދު ހުވައިލިދު، އަހުމަދު ޒަބީރު، މުހައްމަދު އަހުމަދު ޒަބީރު، އިބްރާހިމް އަންފަލް ޝަރީފް، އަބްދުﷲ އަފްލާހް ލަތީފް

ޓީމް ގްރީން - މުހައްމަދު ޒިލާލް (ކެޕްޓަން)، މުހައްމަދު ސަމޫހް، އަބްދުﷲ ފިރުނާޝް، އިމްރާން އަހުމަދު، އަހުމަދު އަލީ މުސްތަފާ، އަހުމަދު ނަޖީލް، އަބްދުﷲ އަމްޒަރު، އަހުމަދު ނަސީރު

ލީގު އުސޫލުން ކުރިއަށްދާ މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެއްވަނަ ޓީމާއި ހަތަރުވަނައިގައި އޮންނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދެވަނައިގައި އޮންނަ ޓީމާއި ތިންވަނައިގައި އޮންނަ ޓީމެވެ. އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް