ފުވައްމުލަކު ޒުވާނުންތަކެއް އިސްނަގައިގެން "އަފުން މުބާރާތް 2015" ގެ ނަމުގައި މުބާރާތެއް ފަށައިފި އެވެ.
މިމުބާރާތް ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކުރިއަށްދިޔަ ނަމަވެސް، މުބާރާތުގައި ބޭނުންކުރަނީ މިނީ ގޯލްގެ ބަދަލުގައި ކުޑަ ގޯލެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ވާދަކުރެއެވެ.
ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށް ރާވައިފައިވާ މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެމެޗް ކުޅޭނެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މިމުބާރާތުގެ މެޗުތައް ކުޅެނީ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގައި ޓީމްތަކަށް ކުޅެވޭނީ މުޅި ފުވައްމުލަކުން ހޮވާލެވޭ ކުޅުންތެރިންތަކަކަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާއަށްވުރެ ކުޑަ ނޫން އަދަދެއްގެ ފައިސާގެ އިނާމް ހުށަހެޅިފައިވާއިރު، ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔަކަށް އަގުހުރި އިނާމެއް ހުށަހެޅިފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް