އެސްޓީއޯއިން " މަ އެންމެ ބޭނުމީ" ގެ ނަމުގައި އިޔަރ އެންޑް ސޭލް ފަށައިފި

އެހެން އަހަރުތަކޭވެސް އެއްފަދައިން އެސްޓީއޯއިން މި އަހަރުގެ އިޔާރ އެންޑް ސޭލް'Ma enme beynumy”" ގެ ނަމުގައި ފަށައިފިއެވެ. މި ސޭލް ކުރިއަށްދާނީ އެސްޓީއޯ ހޯމްއިންޕްރޫވްމަންޓްގައި 15 ނޮވެންބަރ 2015އިން 1...

16 Nov 2015 | 03:46

އެހެން އަހަރުތަކޭވެސް އެއްފަދައިން އެސްޓީއޯއިން މި އަހަރުގެ އިޔާރ އެންޑް ސޭލް'Ma enme beynumy”" ގެ ނަމުގައި ފަށައިފިއެވެ.

މި ސޭލް ކުރިއަށްދާނީ އެސްޓީއޯ ހޯމްއިންޕްރޫވްމަންޓްގައި 15 ނޮވެންބަރ 2015އިން 15 ޖެނުއަރީ 2016 ގެ ނިޔަލަށްް އަދި އެސްޓީއޯ ސުޕަރމާރޓްގައި 15 ނޮވެންބަރ 2015އިން 31 ޑިސެންބަރ 2015ގެ ނިޔަލަށެވެ.

އެހެން އަހަރުތަކޭވެސް އެއްގޮތަށް މި އަހަރުގެ ސޭލްވެސް އެސްޓީއޯ ހޯމްއިންޕްރޫވްމަންޓް އަދި ސުޕަރމާރޓްގެ އިތުރުން އެސްޓީއޯ ރީޖަނަލް 13 އައުޓްލެޓެއްގައި ކުރިއަށްދާނެއެވެ. ބޮޑެތި ޑިސްކައުންޓާއި އަގުހުރި އިނާމްތައް ލިބިގެންދާ މި ސޭލްގައި އެސްޓީއޯ ހޯމްއިންޕްރޫވްމަންޓުން 2000ރ އިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ވަގުތުން ލިބޭ ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު ލިބެއެވެ. އަދި އެސްޓީއޯ ސުޕަރމާރޓް އަދި ރީޖަނަލް އައުޓްލެޓް ތަކުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމް ތަކެއް ހުށައެޅިފައިވާ ވީކްލީ ވިނަރއެއް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ސޭލްއެކޭ އެއްގޮތަށް މި އަހަރުގެ މި ސޭލްގައިވެސް ހޯމްއިންޕްރޫވްމަންޓް އިން -/1،000ރ އިން މަތީގެ ވިޔަފާރި ކުރައްވައިގެން އަދި އެސްޓީއޯ ސުޕަމާރޓް އިން 350ރ ގެ ވިޔަފާރި ކުރައްވައިގެން ލަކީޑްރޯގައި ބައިވެރިވެވޭ ކޫޕަން ލިބިވަޑައިގަންނަވާނެއެވެ.

މި ސޭލްގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ނަސީބުވެރި 10 ފަރާތަކަށް ވަރަށް އަގުހުރި އިނާމްތަކެއް ހުށައެޅިފައިވެއެވެ. އެގޮތުން އެއްވަނަ އިނާމަކަށް ޓުއަރލޮޖީގެ ފަރާތުން ހުށައަޅުއްވާފައިވާ ދެމީހަކަށް ޑުބާއީ ޓްރިޕް ޕެކޭޖް ، ދެވަނަ އިނާމަކަށް ދަމާސް ކޮންޕެނީގެ ފަރާތުން ހުށައަޅުއްވާފައިވާ ބެޑްރޫމް ސެޓް ، ތިންވަނަ އިނާމެއްގެ ގޮތުގައި ފިލިޕްސް ޑިޒައިން ލައިން 46 އިންޗީގެ ސްމާރޓް ޓީވީ އަދި ހަތަރު ވަނަ އިނާމަކަށް 2 މީހަކަށް ރިސޯޓް ޓްރިޕް ޕެކޭޖްއެއް ހިމެނެ އެވެ. މީގެ އިތުރުންވެސް އިނާމް ތަކުގެ ތެރޭގައި ސެމްސަންގް މޮބައިލް ފޯނާއި، ސެމްސަންގް ޓެބްލެޓް ، ފިލިޕްސް  އެންޑްރޮއިޑް ބޮކްސް އަދި ފިލިޕްސް އެއަރ ފްރަޔާރ ހިމެނެ އެވެ.

މި ޕްރޮމޯޝަން ތެރޭގައި ބައްލަވައި ގަންނަވާ ވަކި ޕްރޮޑަކްޓްސް ތަކަކަށް ބޮޑެތި ޑިސްކައުންޓް ތަަކާއިއެކު ޙާއްސަ އިނާމް ތަކެއްވެސް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން ބައްލަވައި ގަންނަވާ ކޮންމެ ފިލިޕްސް އެއާރފްރަޔާރ އާއިއެކު ހިލޭ ބްލެންޑަރަކާއި ޓޯސްޓަރެއް ލިބިގެންދާނެއެވެ. ނިޕޯން ޕެއިންޓްއިން -/3،000ރ ގެ ވިޔަފާރި ކުރައްވައިގެން ވަގުތުން ލިބޭ ގިފްޓް ޕެކްއެއް އަދި ހިޓާރޗީއިން -/10،000ރ ވިޔަފާރި ކުރައްވައިގެން ވަގުތުން ލިބޭ ގިފްޓް ޕެކްއެއް ހިމެނެއެވެ. މި ޕްރޮމޯޝަން ތެރޭގައި ޕްރޮޑަކްޓް ޑެމޯންސްޓްރޭޝަން އަދި ފްރީ ޓޭސްޓިން ސެޝަންތަށް އެސްޓީއޯ ހޯމްއިންޕްރޫވްމަންޓް ، ސުޕަރމާރޓް އަދި އެސްޓީއޯ ރީޖަނަލް އައުޓްލެޓް ތަކުގައި ކުރިޔަށް ދާނެއެވެ.

އެސްޓީއޯ އިޔާރ އެންޑް ސޭލް އަކީ އެސްޓީއޯއިން ކޮންމެ އަހަރަކުވެސް އަހަރުގެ ފަހުކޮޅު އަގުހުރި އިނާމް ތަކަކާއި އެކު ކުރިއަށް ގެންދާ ސޭލް އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް