މާރާމާރީއެއް ހިންގާ ޒުވާނަކު ޒަހަމްކޮށްލައިފި

މިރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ ފާށަނާކިލޭގެފާނު މަގު މަހުމާގޭ ކައިރީގައި ކަމަށެވ...

16 Nov 2014 | 17:38

މިރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ ފާށަނާކިލޭގެފާނު މަގު މަހުމާގޭ ކައިރީގައި ކަމަށެވެ. މިމާރާމާރީ ހިންގާފައިވަނީ މިރޭ ގާތްގަނޑަކަށް 09:45 އެހާއިރު އެވެ.

މި މައްސަލައާއި ގުޅިގެން  މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ޒަހަމްވި މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. މި ހަމަލާގައި ޒަހަމްވެފައިވަނީ 22 އަހަރުގެ މީހެއްކަމަށް މައުލޫމާތުލިބެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާއަށް ހަމަލާދީފައިވަނީ ތިން މީހުންގެ ގްރޫޕަކުންނެވެ. އެ ތިން މީހުން ވަނީ އެމީހަގެ ބުރަކައްޓަށާއި ބޮލަށް ވަޅިން ހަމާލދީފައި އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން އެތަނަށް ގޮސްގެންނެވެ.

ފުލުހުން ބުނީ މި މައްސަލައާއި  ގުޅުންހުރި މީހުން ހޯދަމުންދާކަމަށެވެ.

މިކަމާއި ގުޅޭގޮތުން އައިޖީއެްއެޗުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައި އެވެ.

މިއީ މިއަދު މާލޭގައި މާރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލި ދެވަނަ ފަހަރެވެ. މިއަދު މެންދުރު ފަހުވެސް ވަނީ ވަޅީން ހަަލާދީ ޒުވާނަކު ޒަހަމްކޮށްލާފައި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހަމަލާދިން މީހުން ފިލަންވެގެން ވަނީ ވަޅި ހިފައިގެން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް ތެރެއަށް ވެސް ވަދެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް