ޓީޗަރާއި ކައިވެނި ކުރަން އެދުމުން ބައްޕަ ދަރިފުޅު މަރާލައިފި

ޕާކިސްތާނުގެ ލާހޫރުގެ ސަމަންއާބާދުގައި އަންހެނަކު ކިޔަވައިދޭ ޓީޗަރާއި ކައިވެނިކުރަން އެދުމުން ބައްޕަ އޭނާ މަރާލައިފި އެވެ. ރިޕޯޓުތައް ބުނާގޮތުން އުމުރުން 22 އަހަރުގެ ޝަހްޒާދާ ޝާހިދު ކިޔާ މި އަންހެން މ...

16 Nov 2014 | 16:48

ޕާކިސްތާނުގެ ލާހޫރުގެ ސަމަންއާބާދުގައި އަންހެނަކު ކިޔަވައިދޭ ޓީޗަރާއި ކައިވެނިކުރަން އެދުމުން ބައްޕަ އޭނާ މަރާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 22 އަހަރުގެ ޝަހްޒާދާ ޝާހިދު ކިޔާ މި އަންހެން މީހާގެ ބައްޕަ އޭނާ މަރާލީ ގަދަރު ހިފެހެއްޓުމަށް ކަމަށް ބުނެފައިވާ ކަމަށެވެ. އެއަވަށުގެ ފުލުހުން ބުނީ ފިރިހެން މީހާ އޭނާގެ ދަރިފުޅަށް ހަމަލާދިނީ ވަޅިއަކުން ކަމަށާއި، ވަޅިން ހަމަލާ ދިނުމުގެ ކުރިން ދެބަފައިން ވަރަށް ޒުވާބު ކުރި ކަމަށެވެ.

ޝަހްޒާދާގެ ބަނޑަށާއި ކަރުގެ އިތުރުން އަތަށްވެސް ވަޅިން ހަމަލާދީފައި ވެއެވެ. އޭނާ މަރުވެފައިވަނީ ވަޅި ހެރުމުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޝަހްޒާދާގެ ބައްޕަ ޝާހިދު މިހާރު ފުލުހުން ހައްޔަރުކޮށްފައިވާއިރު މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭނާގެ އަންހެނުންނެވެ.

ޝަހްޒާދާ އަކީ ޕަންޖާބު ޔުނިވާސިޓީގައި ސޯޝިއޮލަޖީން ޑިގްރީ ހަދަމުންދިޔަ މީހެކެވެ. އޭނާ އިންނަން އުޅުނީ އެ ކޯހުގައި އޭނާއަށް ކިޔަވައިދޭ ޓީޗަރަކާއި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް